Monday, June 4, 2007

ނޭނގި ނަމަވެސް އާސިމާ ހޯދިއްޖެ


މޮބައިލް ފޯނުން ވާނުވާ ނޭނގޭ ކޯލްތައް ކުރެވުމާއި، އައުމަކީ ވަރަށް އާއްމުކޮށް ވަރަށްގިނަ މީހުންނަށް ދިމާވާކަމެކެވެ. ބައެއް ފަހަރު ގުޅަނީ ކާކުކަން ނޭނގި، ގުޅުނީ ކާކުކަން ނޭނގިއެވެ. މިގޮތަށް އެއްދުވަހު ދިމާވި މަޖާކަމެކެވެ. މި ރަށުގެ ސްކޫލެއްގެ ސުޕަވައިޒަރަކަށް ގުޅަންވެގެން އެ ސްކޫލުން ނަންބަރު ހޯދުމަށް ގުޅާފަ، އެ ވަގުތު ނޯޓް ކުރެވެން ނެތީމަ ހަނދާނުގައި އެ ނަންބަރު ބަހައްޓާފަ، ފޯނު ބާއްވަފަ ގުޅަން އުޅުނީމެވެ. 779 ގެ ނަންބަރެއް ގެންގުޅޭ މި ސުޕަވައިޒަރަށް ކިޔަނީ އާސިފާ އެވެ. އެކަމަކު އެ ނަންބަރަށް ގުޅަން އުޅުމުގެ ތެރޭގައި ނޭނގި ގުޅުނީ ކުރިއަށް 774 ލާފައެވެ. އެ ނަންބަރަށް ގުޅުމުން ފޯން ނެގީ އަންހެނެކެވެ. ގުޅާފައި އާސިފާ ކޮބާހޭ އެހީމެވެ. " ހަލޯ..އާސިމާ އޭ.. ތީ ކާކު އާސިމާ ހޯދަން ގުޅަނީ" ވަރަށް ރުޅިގަދަވެފައި އަންހެނަކު ބުންޔެވެ. ގަތް ބިރެއްގެ ސަބަބުން އިތުރު އެއްޗެކޭ ނުބުނެ އަވަހަށް ފޯން ބޭއްވީމެވެ.

އެ ދުވަހުގެ ރޭގަނޑެވެ. ކާން އިންދާ އެއްކަލަ ނެނގި ގުޅުނު ނަންބަރުން ކޯލެއް އަތުވެއްޖެއެވެ. ހަމަ އެ އަންހެން މީހާއެވެ. **ހުރެބަލަ ނިކަން**

ވާހަކަ ދިޔަ ގޮތް މިއީއެވެ.

އަންހެން މީހާ- ހަލޯ ތީ ކާކު؟ ކީއްކުރަން އާސިމާ ހޯދަނީ؟-./ މުހައްމަދު ހުސެން/ އަޅުގަނޑަށް މާފްކުރައްވާ/ ނޭނގިގުޅުނީ

އަންހެން މީހާ- ހުސޭނޭ! ދޮގު ނުހަދާ. ކޮން ރަށަކުން ތި ގުޅަނީ؟-./ ކީއްކުރަން އާސިމާ ހޯދަނީ؟- ރ.ކަނދޮޅުދޫއިން/ ބައްލަވާ، އަޅުގަނޑަށް މާފްކުރައްވާ..ނޭނގިގުޅުނީ

އަންހެން މީހާ- ކަނދޮޅުދޫއޭ! ދޮގު ނަހަދާ..ކިހިނެތް އާސިމާ އެނގުނީ؟-./ އަޅުގަނޑު ނުދަންނަން އާސިމާއެއް. އަޅުގަނޑަށް މާފް ކުރައްވާ، ނޭނގި ގުޅުނީ، ހެޔޮނުވާނެ. ހެޔޮ ތަ ފޯނު ބޭއްވިއަސް..

އަންހެން މީހާ- ހެޔޮ ފޯނު ބޭއްވިއަސް އެކަމަކު މާފެއް ނުކުރާނަން ތި ހަދަނީ ހުސް ދޮގު./ ދޮގެއް ނޫން، ބާއްވަނީ ވަރަށް ސަލާމް.

އާސިމާގެ " ކަންތައްގަނޑުން ސަލާމަތްވީ" އޭ ހިތާ ހުއްޓާ ދެވުވަސްފަހުން އަނެއްކާވެސް ހަމަ މި އަންހެން މީހާ ގުޅައިފިއެވެ. މި އާސިމާގެ ހަގީގަތް ރަނގަޅަށް އެނގިގެން ދިޔައީ އެރެއެވެ.

ވާހަކަ ދިޔަގޮތް މިއީ..ހަލޯ ތިކާކު؟ *ކާކުތޯ ތި ހޯއްދަވަނީވަނީ- ތި ނަންބަރުން އާސިމާ ހޯދަން ގުޅީމަ، އެހެންވެގެން ތީ ކާކުތޯ ބަލަން ވެގެން މި ގުޅީ؟ އެނގޭކަމަކަށްނުހެދީމެވެ.. " އަޅުގަނޑަކަށް ނޭނގެ. ތި ނަންބަރަށް ގުޅީ ކާކުކަމެއް. މިއީ ސަރުކާރުގެ ލައިނެއް. އެހެންމީހުންވެސް މި ނަންބަރު ބޭނުންކޮށްފަ ހުންނާނީ" މިހެންބުނުން ކަންތައްވެގެންދިޔައީ ވަރަށް އާދަޔާ ހިލާފުގޮތަކަށެވެ. " ސަރުކާރުގެ ލައިނެކޭ. ކޮންހާ ދޮގެއް ތިހަދަނީ. އަހަރެން ދެންމެ ތި ނަންބަރަށް މި ގުޅީ. ކުރިއަށް ހަތެއް ލާފަ. އަހަންނަށް އެބަ ފެނޭ. ތިއީ ދިރާގުގެ ނަންބަރެއް. " އަންހެންމީހާ ވަރަށް ރުޅިގަދަވެފައި ބުންޏެވެ. އަދި އެވަރުންވެސް ނިމުނީއެއް ނޫނެވެ. " ކުރިން ތި ނަންބަރަށް ގުޅީމަ ބުނި ހުސޭނެކޭ..ކަނދޮޅުދޫއިންނޭ..ކޮން ދޮގެއް ތިހަދަނީ"

" އެހެންތޯ..ނޫން މިއީ ސަރުކާރުގެ ލައިނެއް" މިހެން ބުނުމާއިއެކު، އަނެއްކާވެސް " ތިއީ ދިރާގު ލައިނެއް. ކޮން ދޮގެއް ތިހަދަނީ" މިފަހަރު ވަރަށް ހަރު އަޑުން ބުންޏެވެ. މި ވެގެން އުޅޭ ގޮތެއް އެނގިގެން ބުނީމެވެ. " ރަނގަޅު. މިއީ ދިރާގު ލައިނެއް. މިފޯނުގެ ހިދުމަތް ދެނީ ދިރާގުން. އެކަމަކު މި ފޯނުގެ ބިލަށް ފައިސާ ދައްކަނީ ސަރުކާރުން. ސަރުކާރުގެ އޮފީހެއްގެ ބޭނުމަކު ނަގާފަ އިން ލައިނެއް މީ. މި ފޯނު ވަރަށް ގިނަ މީހުން ބޭނުންކޮށްފަ ހުންނާނީ، އެހެންވީމަ ތި ފޯނަށް ގުޅި މީހަކު އަޅުގަނޑަކަށް ނޭނގެ.." ފޯނުގެ ހަގީގަތް އަންހެން މީހާއަށް ކިޔާދީފަ، އަހާލީމެވެ. "ތި ފޯނަށް ގުޅާފަ އުނދަގޫ ކުރީތަ" ވަރަށް " ކޫލް" ކޮށް ކުރި ސުވާލަށް ޖަވާބުދެމުން އެހާމެ " ކޫލް" ކޮށް އަންހެން މީހާވެސް ބުންނެވެ. " ނޫން އުނދަގޫކުރީ ކީ އެއް ނޫން" ވެގެން އުޅޭގޮތް ސާފުވެ، އާސިމާގެ ހަގީގަތް އެނގޭވަރުވީ އެހާސާބުންނެވެ.

" އަދި އެ އެ މަންޖެ އުޅެނީ ގްރޭޑް 10 އެއްގަ. އަހަރުމެންގެ ހުރި ހަމައެކަނި އަންހެން ދަރި އެއީ. އަހަރެމެންނަށް ނޭނގި އޭނަ ކަމެއް ކުރަނީ ކަމަށް ހީކުރީ. އެހެންވެ، ނޭނގޭނެ އެއްނު." އަންހެންމިހާ ބުންޏެވެ.

މި ވީގޮތް މުލިން އެނގޭވަރުވީ އެހާ ހިސާބުންނެވެ. މި ނަންބަރުން ތި ފޯނަށް ދެނެއް ނުގަޅާނެޔޭ ބުނެ އަވަހަށް ފޯނު ބޭއްވީމެވެ.-----

4 comments:

Anonymous said...

kobaa kobaa! kudin kudin nah gulhanyaa ehenvaany!
safaru kahdage dhariyakah kanneynge thigulhuny! kobaa ehenvaany! mifaharaku maafeh nukuraane!
heeheee!

nidhi bulhaa;)

alirilwan said...

safaru ka’dha dhari ehh kamaku neygi gulhuneema vejje ennu maafu kurann..hmm,, engi dhaane thaa vaagothe’hh… :P

Anonymous said...

hehehe... that was a nice article...
kaaku kiyaadhin vaahaka eh e ee?
heheheh........

alirilwan said...

mi kiyaa dhinee adhi..blog ahh..10nx :P