
މިފަހަރު އެހެން ވާހަކައެކެވެ. މި ރަށުން ދިމާވި ވަރަށް މަޖާ ހާދިސާއެކެވެ. އެހެންނަމަވެސް ނޭނގި ހޯދުނު "އާސިމާ" ގޮތަށް ނުދަންނަ މީހެއް ނޫނެވެ. ވަރަށް ކުރީއްސުރެ ޢާއިލާގެ ރައްޓެހި މީހެކެވެ. މި ރަށު މީހަކަސް އޭނަ މަސައްކަތްކުރަނީ މި ރަށުން ބޭރުގައެވެ. މި ރަށަށަށް އައީ ކައިވެންޏެއް ކުރަންވެގެންނެވެ. މި ވާހަކައިގައި ހާދިސާއާއި ތަނާއި ވަގުތާއި ހުރިހާ ކަމެއް ހިނގާދިޔަ ގޮތަށް ހަގީގަތާއި އެއްގޮތަށް ލިޔެފައިވީ ނަމަވެސް " ސަލާމަތީ ރައްކާތެރިކަމާއި ހައްޤީ އިމްތިޔާޒު" :) ތަކަށްޓައި އެއްވެސް މީހެއްގެ ހަގީގީ ނަމެއް ނުހިމަނަމެވެ.
" ކޮބާ ކެމެރާގަ ޗާޖް އެބަހުރި ތަ. މިރޭ އޭ އޮތީ ބޮޑު ކަންތައް. ކެމެރާ ރެޑީ ކުރާތި މިރޭ ކޯޓަށް ދިޔުމުގެ ކުރިން ދާނަން ބަލާ. ވާނެ ފޯޓޯ ނަގާދޭން" ނޫރީ ގުޅާފަ ވަރަށް ހިތްހަމަޖެހިފައި ހުރި ރާގަކަށް ވާހަކަދައްކާފަ ފޯނު ބާއްވައިފިއެވެ. އެހެންތާ ވާނީ އެ ސޮރު އެއް ކައިވެންޏެއްގައި ހަރުލައިގެން ނޫޅެވެނިކޮށް މިހާރު ސާޅީހަށް އަރަނީވިއްޔާއެވެ. ގަޔާވާ ކުއްޖަކަށް މިވީ ހަމަ ކިރިޔާ ޓީނޭޖް ޢުމުރުން އެރި ކުއްޖެކެވެ. ނޫރީ އަކީ ވަރަށް " މަޖާ" ސަކަ މިޒާޖެއްގެ މީހެކެވެ. ބައެއް ފަހަރު މޮޔައެއްހެންވެސް ހީވާނެއެވެ. އެކަމަކު އެއީ ހީއެވެކެވެ. ކޮންމެއަކަސް އެރޭ ނުވައެއް ޖަހާއިރު އޮތް ކައިވެންޏަށް ދާން ވެގެން ބަލާ އަންނާނަމޭ ބުނި މީހާ އަށްގަޑި ތިރީސްވިތަނުން ކޮޓަރި ދޮރުގަ ތަޅަން ފަށައިފިއެވެ. " އޭ. އަދިވެސް ފެންނުވަރާ. މިހާރު އެ އޮތްގެން ނުވައެއް ޖަހަނީ." ވަރަށް ހިތްހަމަނުޖެހިފައި ނޫރީ ޝަކުވާކުރިއެވެ. މާފުކުރާށެވެ. އަހަރެންނަށް ކައިވެނީގެ ޚާއްސަކަމާއި މުހިއްމުކަން ނުވިސްނުނީ ކަންނެގޭއެވެ. ކައިވެނިކުރަނީ އަހަރެންނަށް ނުވީމަކަމަށްވެސް ވެދާނެއެވެ. ކޮންމެގޮތެއްވިޔަސް ނުވައެއް ޖަހާއިރު ކައިވެނިކުރަން ކޯޓަށް އަންނަން ބުނެފައި އޮތްއިރު އަށްގަޑި ބަޔަށް ދިޔުމުގެ ބޭނުމެއް އަހަންނަށް އެއްގޮތަކަށްވެސް ނުވިސްނެވެ. އަދި އަންނާނަމޭ ބުނީވެސް ނުވައެއް ޖަހާއިރުވިއްޔާއެވެ. އަވަހަށް ފެންވަރާ ނިންމައިލާގެން ބޭރަށް ނުކުތީމެވެ. އޭރު ގަޑިން އަށްގަޑި ފަންސާސް އެހާއިރެވެ. ސިޓިންގް ރޫމަށް ނިކުތްއިރު ނޫރީ އާއި،، ވަގުތުކޮޅެއް ފަހުން އޭނަގެ ވާން އުޅޭ އަންހެނުން މިލްނާވެސް ހުއްޓެވެ. " ކޮބާ ހިނގާ ދާން. ކެމެރާ އެބައޮތްދޯ" ކޯޓަށް ދިޔުމުގެކުރިން ކެމެރާ އޮތްތޯ ކަށަވަރުކޮށްލިއެވެ. ހީކުރިވަރަށްވުރެ ނޫރީ އޭރު ހުރީ ހަމަޖެހިފައެވެ. ( ނުނިމޭ)
No comments:
Post a Comment