ޓީވީއެމްގެ މާލެއާއި އަތޮޅުތަކުގެ މަސައްކަތާއި، ދިރިއުޅުން- ހުރިހާ ގޮތަކުންވެސް ތަފާތު ތަޖުރިބާއެއް.
ޓީވީއެމްގެ އަތޮޅު ބިއުރޯތަކުގައި މަސައްކަތްކުރުމުގެ އުސޫލް މިހާރު ހަމަޖެހިފައިވާ ގޮތުން ހުރިހާ އަތޮޅުތަކެއްގައިވެސް މަސައްކަތްކުރަންޖެހެނީ އަދި އެކަންޏެވެ. އަންހެނަކަސް، ފިރިހެނަކަށް ވިޔަސް މިއީ އަދި ހަމަޖެހިފައިވާ ގޮތެވެ.
އެހެންކަމުން ހުރިހާ މަސްއޫލިއްޔަތަކާއި، އަމިއްލަ ސަލާމަތަކާއި، ރައްކާތެރިކަމަކާއި، ކެތްތެރިކަމަކާއި، އެކަނިވެރިކަމާއި ހިތްވަރަކާއި ކުޅަދާނަކަމެއް ވެފައިއޮންނަނީ އެމީހެއްގެ އަމިއްލަ ޒިންމާއެއްގެ ގޮތުގައެވެ. އެހެންކަމުން މިއީ ލިޔުމުން ސިފަ ނުކުރެވޭނެ ވަރަށްވެސް ތަފާތު ތަޖުރިބާއެކެވެ. ތަފާތު މިޒާޖުގެ، ތަފާތު ހިޔާލާއި ވިސްނުން ގެންގުޅޭ ބައެއްގެ ކައިރިއަށް މާދުރު ހިސާބަކުން މީހަކު އައިސް، އެމީހުންނާއެކު ދިރިއުޅެ އެމީހުންގެ ތަފާތު ވާހަކަތަކާއި، ޚަބަރުތައް މުޅި ގައުމާ ހިއްސާކުރާ ކުރުން އެކަންޏެއްވެސް ނޫނެވެ. ޢާއިލާއާއި ރައްޓެހިންނާއި، ގެއާއި އެމާހުލާއި، އެ ހަނދާންތަކާއި، ހިޔާލުތަކާއި، އެ ވަގުތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހަޔާތުން " ޑިލީޓް " ކޮށްލައިގެން އުޅެންޖެހޭނެތީވެސް އެކަންޏެއްނޫނެވެ. ވައި، ފެން ތަފާތުވެ، ހިޔާލާއި ވިސްނުންވެސް ފުޅާދާއިރާއެއްގައި އެދުވަސްތަކުގައި ތަފާތުވެ ހުޅުވެގެންދިޔުމެވެ. މިއީ ނިދުމާއި، ކެއުމާއި، ދިރިއުޅުމާއި، ތިމާގެ މުޅި ނޭވާލާ ޖައްވުތެރެ ތަފާތު އެހެންގޮތަކަށް ބަދަލުވެގެންދާ އާ ތަޖުރިބާއެކެވެ. މިކަންތައް އެންމެބޮޑަށް ސިފަކުރެވި، ފާހަގަކުރެވިގެންދާނީ މާލޭގައި އެންމެކުރީއްސުރެ ދިރިއުޅެފައި އަތޮޅުތަކަށް ދާ މީހުންނަށް ކަމަށް ޤަބޫލުކުރެވެއެވެ.
ބައެއްފަހަރު އަތޮޅުވެރިޔާ ނުވަތަ ރަށުގެ ކަތީބުގެ ނުފޫޒުން ސަލާމަތްވެވޭއިރު، ރަށުގެ ކޮމެޓީއެއްގެ ރައީސެއްގެ ނުވަތަ ޖަމްއިއްޔާއެއްގެ މީހެއްގެ އުނދަގޫ ފޯރަފާނެއެވެ. މިހުރިހާ ކަންތައްތަކަކީވެސް އެކި އަތޮޅުތަކުގައި ތަފާތު ގޮތްގޮތައް ތަޖުރިބާ ކުރެވޭ ކަންތައްތަކަށްވާއިރު މިއީ މާލޭގަ މަސައްކަތުގެ ތަޖުރިބާއާއި އަޅާ ބަލާއިރު ތަފާތު ދެ ދިރިއުޅުމެކެވެ.
އެންމެ ޚަބަރެއްގެ މަންޒަރެއް ނުވަތަ ރިޕޯޓެއްގެ މަންޒަރެއް ނެގުމަށް ކަނޑުހުރަސްކޮށް ރަށަކަށްގޮސް، ދެތިން ދުވަހު މަޑުކުރުންވެފައިވަނީ އުނދަގޫ ބުރަ މަސައްކަތަކަށެވެ. ކަނޑަކީ މަސައްކަތާއި ވަރަށް ގުޅުންހުރި ރައްޓެހި ތަނަކަށްވާއިރު ކަނޑަށްބަލި މީހަކަށް މިކަންތައްވާނީ ވަރަށްބޮޑު ތަކުލީފަކަށެވެ. ބައެއް އަތޮޅުތަކުގައި ކެމެރާ ހިފައިގެން ކޮންމެ ދުވަހަކުހެން އެއް ރަށުން އަނެއް ރަށަށް ކަނޑު ހުރަސްކޮށް ދަތުރުކޮށްފައި، އެތައް އިރަކު އަވީގައި ހިނގަންޖެހުމަކީ އާއްމުކަމެކެވެ. އެހެންނަމަވެސް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަކީ އަހަންނަށް ވަރަށް ހިތްގައިމު ކުރާ ހިތްވާ މަސައްކަތެކެވެ. "ތިން، ހަތަރު، ފަސްމަސް" އުޅުން އެއީ އަދި އެހެން ވާހަކައެވެ.
ޓީވީގައި، މާލޭގައިނަމަ މަސައްކަތްކުރަނީ ކަނޑައެޅިފައިނުވާ، ވަގުތުތަކެއްގެ ތެރޭގައޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހައެއް ޖަހާއިރު އޮންނަ ޑިއުޓީއަށް އަޔަސް ގިނަ ދުވަސްދުވަހު ގެއަށްދެވޭނީ އިރުއޮއްސި ހައެއް ޖަހާފަހުންނެވެ. މިއީ ނިއުސް ޗެނެލްތަކުގައި ނުވަތަ ނިއުސް ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މީހުންނާއި އެހެން އާދައިގެ ވަޒީފާ އަދާކުރާ މީހުންނާއި ތަފާތުކޮށްދޭ އެންމެބޮޑު ސަބަބު ކަމަށްވެސް ވެދާނެއެވެ. މަސައްކަތްކުރުމުގެ ވަގުތެވެ. އެހެންނަމަވެސް ޚަބަރުތައް އުފެއްދުމަށް ނަގާ ވަގުތައްވުރެ ގިނަ ވަގުތު ދާ ކަމަށް ބެލެވެނީ އޮޕަރޭޝަންސް ނުވަތަ ޕްރޮޑަކްޝަންގެ މަސައްކަތުގައި ކަމަށް ޤަބޫލުކުރެއެވެ. އެންމެގިނައިން ކުރެވޭނެ "ހިތި" ތަޖުރިބާއަކަށް މި މަސައްކަތްތައް ވާނެއެވެ.
ޚަބަރު ނުވަތަ ރިޕޯޓް އެޑިޓްކުރާތޯއާއި، ގަޑިއަށް ކޮންޓްރޯލަށް ފޮނުވާތޯއާއި، ޚަބަރުކިޔާމީހާ ގަޑިއަށް އައިތޯއާއި ހުރިހާ ވީޑިއޯތައް ހަމަތޯއާއި، އަރުވަންޖެހޭ ލިޔުންކޮޅުތައް އަރުވާތޯއާއި، ގަޑިންގަޑިއަށް ވީޑިއޯ ނެގުމާއި މިހެންގޮސް މިފަދަ ހުރިހާ ޒިންމާއެއް ނަގާނީ އެ ވަގުތެއްގައި ނިއުސްރޫމްގައި ޚަބަރު ޕްރޮޑިއުސްކުރާ ޓީމުންނެވެ. އެހެންކަމުން މިއީ އަތޮޅުތަކުގައި މަސައްކަތްކުރާއިރު އެއްވެސް ހިޔާލެއް ފިކުރެއް ގެންގުޅެންޖެހޭނެ ކަމެއް ނޫނެވެ. އަދި މިކަންތައް އެންމެބޮޑަށް އިހުސާސްކުރެވެނީ ޚަބަރުގަޑީގައި ޓީވީ ބަލަން އިންނައިރުއެވެ. އެހެންކަމުން އަތޮޅުތަކުގައި އުޅޭއިރު، މި ވިސްނުމާއި، ހާސްކަމުން ސިކުނޑި ސަލާމަތްވެފައި ހުރުމުގެ ފަސޭހަލިބިގެންދެއެވެ. އެހެންނަމަވެސް ފަސޭހަނުލިބެނީ މި ދުވަސްތަކުގައި "ޑިލީޓް" ކޮށްލައިގެން އުޅެންޖެހޭ ކަންތައްތަކުންނެވެ. ކޮންމެގޮތެއްވިޔަސް ޓީވީއެމްގެ މާލެއާއި އަތޮޅުތަކުގެ މަސައްކަތާއި، ދިރިއުޅުމަކީ ހުރިހާ ގޮތަކުންވެސް ތަފާތު ތަޖުރިބާއެކެވެ.

No comments:
Post a Comment