Saturday, June 30, 2007

Life in lonely island: Big time with “jeymu” trees


Actually it hppns dat these “jeymu” trees are only familiar to crazy people like me. much people dnt bother about it. These trees are in the side ways of link road of fuvahmualah. There are 8 to 10 trees in this long road connectin almost to all the districts here. I askd a frend about it n says “what trees, where?” I usually get here while going on this road when I have free time. I don’t see ppl pickin those “jeymu” fruits. i sumtimes fyl awkward wen sum people kyp staring at me while im pickin them. Well, who cares, i love it! also its better than goin to waste.

Thursday, June 28, 2007

A tvmstaff blog!!


Was surfing internet and guess what while googling TVM, saw this kewl tvmstaff blog. Its actually not dat updated though,but just now saw a new article about tvm bureaus. I haven’t read any articles yet. Wonder who’s updating this. Well, who ever it is its kewl. Keep bloggin..

http://tvmstaff.blogspot.com

faces full of fun laughter and happiness..


they are my mom’s,, sister’s,,childrens’..kids :P confusing??

My photography in lonely island (part-1)










ރާއްޖޭގެ 20 އަތޮޅުގެ 300،000 އެއްހާ މީހުންނަށް އެންމެ 250 މެގަބައިޓްސް

ދިވެހިރާއްޖޭގެ 20 އަތޮޅުން ފޮނުވާ ހުރިހާ ޚަބަރުތަކާއި ވީޑިއޯތައް ފޮނުވުމަށް މިހާރު ޓީޥީގަ ބޭނުންކުރަނީ 250 އެމްބީ ގެ ވެބްސައިޓަކަށްވުމުން ވަރަށްގިނަ ދަތިތަކާއިކުރިމަތިލާންޖެހެއެވެ. ހަމައެކަނި ވެބްސައިޓުގެ ޖާގައިގެ ކުޑަކަމުން އެކަންޏެއް ނޫނެވެ. ޖަރުމަނު2006 ވޯލްޑްކަޕް ދުވަސްވަރު ބޭނުންކުރި މި ވެބްސައިޓަކީ ޓީވީ ސްޓޭޝަނެއްގެ ވީޑިއޯތަކާއި ރިޕޯޓްތައް ފޮނުވުމަށް އެއްވެސް ވަރަކަށް ޤާބިލް އެއްޗެކަށްނުވާއިރު، މިއަށް ބަރޯސާވާން ޖެހިފައިވުމުން އެއް މަސައްކަތް ދެ މަސައްކަތައް ބަދަލުވެގެންދަނީ މަދެއްކޮށެއް ނޫނެވެ. ބައެއްފަހަރު، ޚަބަރެއް ފޮނުވާފައި ހަމަޖެހިލައިގެން ހުއްޓާ ޚަބަރުގަޑިއެއް ޖެހެން ވިއްސަކަށް މިނިޓެކަށްވާއިރު، ނިއުސްރޫމުން ގުޅާފައި ވީޑިއޯނެތިގެން ބަލާއިރު ކޮންމެވެސް ބިއުރޯއަކުން އޮންނާނީ ޖާގަނެތިގެން އެ ވީޑިއޯ ފުހެލާފައެވެ. އަނެއްބައިފަހަރު، ޚަބަރު ފޮނުވަންޖައްސައިގެން ދެބައިކުޅަ އެއްބައި ނުފޮނުވެނީސް ޖާގަ ނެތިގެން ދެން ނިއުސްރޫމަށް ގުޅުމުން، ޑިލީޓް ކުރާނެ ވީޑިއޯއެއް ނޭނގިގެން އުޅޭފަހަރު އާދެއެވެ. މިއީ ނިއުސްރޫމްފަދަ ވަގުތުގެ މުހިއްމުކަން ބޮޑު މަސައްކަތެއް ކުރަންޖެހޭ ބަޔަކަށް މަސައްކަތް ދެގުނައަށްވެ، ވަގުތު ދެގުނައަށްވެގެންދާކަމެކެވެ. ބިއުރޯއަކުން ވީޑިއޯ އަޕްލޯޑް ކޮށްގެން އަދި ނުނިމެއެވެ. އަޕްލޯޑްކޮށް ނިމުމުން އަދި ނިއުސްރޫމުންވެސް ޑައުންލޯޑްއަށް ޖައްސަންޖެހެއެވެ. އަދި ފޮނުވާ ވީޑިއޯއެއް އަޕްލޯޑްވީވަރެއް، މެދެއް، ކޮޅެއް، ފެށުމެއް ނިއުސްރޫމަށް އެނގޭނެގޮތެއްވެސް ނެތެވެ. އެކަންވެސް އެނގެންއޮންނަނީ ފޯނުން ގުޅައިގެންކަމީ މިފަދަ ނިޒާމެއް، މި ޒަމާނާއި ޙާލަތާއިވެސް ނުބައްދަލުކުރުވާކަމެކެވެ. 250 އެމް.ބީ އަށް ހުރިހާ ބިއުރޯތައް ނުވަތަ މުޅި ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ ޚަބަރުތަކާއި މަންޒަރުތައް ބަރޯސާކުރަންޖެހުމުން، ވީޑިއޯތައްޖެހެނީ ވަރަށްބޮޑަށް "ކޮމްޕްރެސް" ކުރާށެވެ. މިކަމުގެ ސަބަބުން ބައެއް ފަހަރު ޓީޥީންދައްކާ ވީޑިއޯތަކުން ދުވާލާއި ރޭނގަޑު ވަކި ނުވާކަމަށް އަހަރެން ރައްޓެހި ނޫރީ ބުނާނެއެވެ. މިއީ ޓީވީ ބަލާ ނޫރީ ކަހަލަ އާއްމު ރައްޔިތެއްގެ އިހުސާސެވެ. އަތޮޅުތަކުގައި ގަދަ އަވީގައި، ދިލަ ހޫނުގައި ބައެއް ފަހަރު ވިއްސާރައާއި ގަދަ ކަނޑުގައި މަސައްކަތްކޮށްގެން އަތޮޅުތަކުން ނަގާ މަންޒަރުތަކުން ލިބޭ ތާސީރު ޝޮޓްތަކުން ހަދާ ރިޕޯޓްތައް ކުޑަސައިޒަކަށް ކޮމްޕްރެސްކުރުމަށްފަހު ފޮނުވައިގެން ޓީވީން އެ މަންޒަރުތައް ބަލާ ނިއުސްކާސްޓަރުންގެ އިހުސާސްތައް ކޮބައިތޯއެވެ. މިފަހަރަކު ނޫނެވެ..

މިހާރު ހަނދާނަށް އަންނަނީ މީގެ އަހަރެއްހާ ދުވަސްކުރިން، ބިއުރޯތަކުގެ ބިންގާ ޓީވީން އަޅައިގަތް ހިސާބެވެ. ޚަބަރާއި، ވީޑިއޯތަކާއި ރިޕޯޓްތައް އެ ދުވަސްކޮޅު ގޭގޭގެ ސިޓިންގް ރޫމާއި ހަމައަށް ގެނެސްދީފައިވަނީ މަސްއޮޑިފަހަރާއި، މުދާއުފުލާ ބޯޓުފަހަރާއި، ފްލައިޓްތަކާއި، އެއްއަތުން އަނެއް އަތުން ބަދަލުކުރެވިގެންނެވެ. މިއަދު ޖަރުމަނު2006 ގެ ވެބްސައިޓަކީ އެއިރާއި ބަލާއިރު ކުރިއެރުމެކެވެ. ވަރަށްބޮޑު ކުރިއެރުމެކެވެ. އަދި ކުރިއަށް އޮތްތާގައި ޒަމާނާއި ހަލާތައް އެކަށޭނެ ނިޒާމެއް ގާއިމްކުރެވޭނެކަމުގެ ފޮނި އުއްމީދު ކުރުމަކީ ގޯހެއް ނޫނެވެ. އެއީ ނުވުމަށްވުރެ ވުން ގާތްވެސް ކަމެކެވެ.